ރައީސް ޑރ. މުހައްމަދު މުއިއްޒު، މާދަމާރޭ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުތަކަށްފަހު، ރައީސް ވަނީ މާލޭގެ އަވަށްތަކާއި ހުޅުމާލޭގެ ދެ ފިޔަވަހީގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެކަން އިއުލާންކުރައްވައިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ބައްދަލުކޮށްލެއްވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ 8:30 ގައި މުހްޔިއްދީން ސްކޫލުގައި އޮންނާނެ ކަމަށާއި ވީމާ ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެ ބައްދަލުވުމުގެ ދައުވަތު އަރުވާ ކަމަށެވެ.
މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މާލޭގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ރައީސް މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލާ މެދު ރައްޔިތުންގެ ޝަކުވާތަކެއް އެބަހުރި ކަމަށާއި އެހެންކަމުން މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ކުރެއްވި ފަދަ މަސައްކަތްޕުޅުތަކެއް އަލުން ފައްޓަވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި މާލޭ ސިޓީއަށް ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ގެންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.




1 Comment
ގުޅުންހުރި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!
އާ އަހަރަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް