ފުލުހަކު ކުއްޖަކަށް އަނިޔާކޮށް، ބިރުދެއްކި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލަ ހިނގާފައިވަނީ މެދުރާއްޖެތެރޭގެ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން ކަމަށެވެ.
އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ވެދާނެ އަމަލެއްކޮށް، ބިރު ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ބައި ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށްވުމާއެކު އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



