އެމްޑީޕީން ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ކުރިއެރުމެއް ނުލިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ”ސްޕްލިޓް“ އެއްކުރުމަށް މަސައްކަތްކުރައްވާފައިވާނެ ކަމަށާއި އެކި ގޮތްގޮތުން މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ.
ކުރިއަށްއޮތް އިންތިހާބުތައް ކާމިޔާބުކުރެވޭނީ އެ ސްޕްލިޓް ރަނގަޅަށް އެއްވެގެންކަން އަދިވެސް ގަބޫލުކުރައްވާ ކަމަށާއި ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް ކުރިއެރުމެއް ލިބޭތަނެއް ނުފެންނަ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަކީ އެކަހަލަ އިހުސާސްތަކުން މައްޗަށް އަރައި، ގައުމާއި ރައްޔިތުންނަށް ފައިދާވާނެ ނިންމުންތަކެއް ނިންމަން ޖެހޭނެ ބައެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ފިތުނަ ނައްތާލުމުގައި އަދި ރައްޔިތުންގެ ވިސްނުން ބަދަލުކުރުމުގައި ލީޑު ކުރަންޖެހޭ ބަޔަކީ ގައުމީ މަޖިލީހުގެ މެންބަރުންނާއި ލީޑާޝިޕުން ކަމަށެވެ. އަދި 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވުމުން، ޕާޓީގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޝައުގުވެރިކަން ފާޅުކުރެއްވުމާ ގުޅިގެން މަގާމުގައި ހުންނަވައި ކުރައްވާ ކޮންމެ ކަމަކީ އޭގައި އޭނާއަށް ފައިދާތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި ދެކި، ޕާޓީގެ ކަންތައްތައް ހިޔަނި އެޅުމުގެ ފުރުސަތު އޮވެދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާދެއްވާފައި މިވަނީ، ތިން އަހަރެއްހާ ދުވަހު އެ މަގާމުގައި ހުންނެވުމަށްފަހުއެވެ.




ގުޅުންހުރި
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
ސާޖިދާއަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓު
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ
ސަރުކާރުން ހުއްދަނުދިނުމުން އެމްޑީޕީގެ އެއްވުން ފަސްކޮށްފި
މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އާޒިމް ކެމްޕެއިން ފައްޓަވައިފި
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން ދޫކޮށްލައިފި