އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މާބަނޑު މީހަކު ނިޔާވި މައްސަލައެއް ބަލަން ފަށައިފިއެވެ.
ކުއްލިގޮތަކަށް މިއަދުގެ ވަގުތެއްގައި ނިޔާވީ، ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހުމަދުދީދީ (28އ) އެވެ. އޭނާ ނިޔާވީ ސިޒޭރިއަން ހެދުމުގެ ތެރޭގައެވެ.
އެ މަރާ ގުޅިގެން އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ގޯސްވެފައިވަނީ ވިއްސަން ޝެޑިއުލްކޮށްފައި އޮއްވައި ފަތިހުގެ ވަގުތުގައި ކަމަށެވެ. އަދި ހާލު ސީރިއަސްވުމާއެކު ވަގުތުން ފަރުވާދޭން ފެށި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ހާލު ސީރިއަސްވުމުން އިމަޖެންސީކޮށް ކުރި އޮޕަރޭޝަނުގައި ސަލާމަތްކުރެވުނީ ހަމައެކަނި ދަރިފުޅު ކަމަށާއި އަންހެން މީހާ ނިޔާވި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިއެމްޑީސީން އިތުރަށް ބުނީ އެއީ 2011 ވަނަ އަހަރު އެ ހޮސްޕިޓަލު ހުޅުވިފަހުން ހިނގި އެފަދަ ފުރަތަމަ ހާދިސާ ކަމަށާއި އެ މައްސަލަ ހެލްތު މިނިސްޓްރީއާ ގުޅިގެން ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި އިދާރާތަކަށް އެ ހޮސްޕިޓަލުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.




ގުޅުންހުރި
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
ކުލިނިކަކުން ދަތް ނެގި މީހަކު ކުއްލިގޮތަކަށް ނިޔާވި މައްސަލައެއް ބަލަނީ
ގޫގުލްގެ މަޝްރޫއަށް ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި