މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައިފި އެވެ.
ކުޑޫ ހުށަހެޅުއްވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ށ. ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، ”މިސްކިތަށް ގެއްލުން ދިނުން“ ހިމެނުމަށެވެ.
ބިލު ހުށަހެޅުއްވި މަގުސަދުގެ ގޮތުގައި ބިލުގެ ތައާރަފުގައި ކުޑޫ ވިދާޅުވެފައި ވަނީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި މިސްކިތްތަކަށް ގެއްލުންދިނުން އާއްމުވެފައިވާ ކަމަށެވެ. އެފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތައް ކަމަށާއި އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވެފައިވަނީ އެ ވާހަކަ އާންމުކޮށް ނުދެއްކި ނަމަވެސް މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު އާންމުވެފައިވާ ކަމަށާއި ބިލު ހުށަހެޅީ އެހެންވެ ކަމަށެވެ. އަދި މިއީ މިހާރުން މިހާރަށް ހުއްޓުވަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ކުޑޫ މިގޮތަށް ހުށަހެޅި އިރު، އައްޑޫގެ މިސްކިތަކަށާއި މާލޭގެ ތޮއިބާ މިސްކިތަށް މި ފަހުން ވަނީ ގެއްލުން ދީފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު، މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ވެސް ގެއްލުން ދީފައިވެ އެވެ.




2 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް