އަންނަ މަހުގެ ތެރޭގައި ބޮޑު ޑްރެޖަރަކާއެކު މަސައްކަތް ފަށައި، އޭޕްރީލް މަހަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅި ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އެތަނުގެ މަސައްކަތް ތިން ގުނައަށް ބާރުވެގެން ދާނެ ވަރަށް ބޮޑު ޑްރަޖަރެއް ގެންނަ ކަމަށެވެ. އެއީ މިހާރު ހުޅުމާލޭގެ ފޭސް ތިނެއް ހިއްކާ ޑްރެޖަރުގެ ދެގުނައިގެ ސައިޒްގެ ޑްރެޖަރެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ޑްރެޖަރާއެކު އަންނަ މަހުގެ ކުރީކޮޅު މަސައްކަތް ފަށާނެ ކަމަށާއި ފަށައިގެން ގޮސް، އެޕްރީލް މަހާ ހިސާބަށް ދާއިރުގައި ރަސްމާލެ ހިއްކައި އެއްކޮށް ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ހިއްކައި ނިމޭއިރު، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ އޮތް ބިމަށްވުރެ ދެގުނަ ބޮޑުބިމެއް ލިބޭނެ ކަމަށާއި އެތަނުން 25،000 ގޯތި ދޫކުރެވޭނެ ކަމަށެވެ.
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި މާލޭގެ ރަށްވެހިންނަށް އަދި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންނަށް 3،000 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި