މޯލްޑިވް ގޭސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މާލެ ސަރަހައްދުގެ ގޭބީސީތަކަށް ގޭސް ޑެލިވަރީކޮށްދޭ ވަގުތު އިތުރުކޮށްފި އެވެ.
މި މަހުގެ 21 ވަނަ ދުވަހު ގެނައި މި ބަދަލުގެ ދަށުން ކުރިން ރޭގަނޑު 08:30 ގައި އެ ކުންފުނީގެ ކޯލް ސެންޓަރު ބަންދުކުރި ކަމުގައިވީ ނަމަވެސް، މިހާރު ރޭގަނޑު 10:00 ޖަހަންދެން ކޯލް ސެންޓަރ ހުޅުވިފައި ހުންނާނެއެވެ.
މޯލްޑިވް ގޭހުން ބުނީ, މިގޮތަށް ގޭސް ޑެލިވަރީގެ ވަގުތު އިތުރުކުރަން ނިންމީ ހާއްސަކޮށް ރޭގަނޑުގެ ވަގުތަކީ ގިނަ ގޭގޭތަކުގައި އަދި ކެފޭތަކުގައި ވެސް ބަދިގެ ވަރަށް ހަލަބޮލި ވަގުތަކަށް ވެފައި، ގޭސް ހުސްވެއްޖެނަމަ ވަރަށް ބޮޑު އުދަގުލަކާ ރައްޔިތުން ކުރިމަތިލާން ޖެހޭކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ.
އަދި މި ބަދަލަކީ ރައްޔިތުންނަށް ގޭސް ޑެލިވަރީގެ ހިދުމަތް ލިބިގަތުމަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށާއި ރައްޔިތުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެނައި މުހިންމު ބަދަލެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ބަދަލުގެ ސަބަބުން، މިހާރު ރޭގަނޑު 08:30 ގެ ފަހުން ސައިކަލުގައި ގޭސްފުޅި ހިފައިގެން ގޮސް ހިދުމަތް ހޯދުމަށް ދަތުރުކުރަންޖެހޭ ހާލަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް