ޖެނުއަރީ 12, 2026

ރައުދަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެއް، ތަންފީޒުކުރާނެ ހުކުމެއް ނެތް

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި، އޭނާ އާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އޭނާ 27 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި އަހަރުގެ އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން އެގެއާ ޖެހިގެން ހުންނަ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި ގ. އެރިއަދޫ, ރައުދުގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ 4 ޖޫން 2025 ގައެވެ

އޭނާއަށް ދައުލަތުން ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ރައުދުއަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަމަވެސް އެ ކުށަށް އެއްބަސްވެފައިވާތީ ކްރިމިނަލް ކޯޓުން މިއަދު ރައުދުގެ މައްޗަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުން ބުނީ ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި އެ މުއްދަތު ހޭދަ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި އޭނާ ދެން ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތެވެ.

2 Comments

  • Moona Moony ނޮވެމްބަރ 26, 2025

    Kuri hurihaa nubaikameh fenah dhiyaee thaa

  • Ahmed Shujaau ނޮވެމްބަރ 27, 2025

    Mihaaru thi soru kaafoorah badhalvee dhw

Leave a Reply