ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ އަދުގެ މުޖުތަމައުތަކުގައި ފާހުޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާގެ ވަސީލަތްތައް ކަމަށާއި ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯތަކާއި، އިޖުތިމާއީ އެކިއެކި މަންސަތައް މެދުވެރިކޮށް ކަމަށެވެ.
އެއްވެސް ލަދެއްނެތި، ދުވާލެއް ރޭގަނޑެއް ބެލުމެއްނެތި، ހިތުހުރިހާ ވާހަކަތަކާއި އޯޑިއޯތަކާއި ވީޑިއޯތައް އެ ވިއުގަތަކުގައި ފަތުރަނީ ކުޑަކުދިންނާއި ޒުވާނުންނާއި އެންމެހާ އަފުރާދުންނަށް އެއިން ލިބިދާނޭ ގެއްލުމާއި ހަލާކަށް ވިސްނައިލުމެއް ފިކުރުކުރުމެއްނެތި ކަމަށާއި ޝަރުއީ މިންގަޑުތަކަށް ބެލުމެއް ރިއާޔަތްކުރުމެއް ނެތި ކަމަށް ހުތުބާގައި ބުންޏެވެ.
”ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި އިޖުތިމާއީ އެކިއެކި މަންސަތަކުގެ މަސްއޫލުވެރީންނާއި އެޑިޓަރުން މިކަންކަމަށް ފަރުވާތެރިވެ، ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހެއެވެ. ޝަރުއީ ގޮތުން ހުއްދަނޫން މަންޒަރުތަކާއި އަޑުތައް ނުހިމެނޭ ގޮތަށް، ޝަރުއީ އިމުގެތެރެއިން މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމަށް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަގުދައްކައިދީ ނަސޭހަތްތެރިވާން ޖެހެއެވެ..،“ ހުތުބާގައި ބުންޏެވެ.
ފާހިޝް އަމަލުތަކާ ދުރުހެލިވެ ރަނގަޅު ތައުބާއަކުން އަވަހަށް ތައުބާވެ، ފާހިޝް ކަންތައްތަކުން މުޖުތަމައު ސަލާމަތްކުރަން މަސައްކަތްކުރާ ލަފާދާރު ސޯލިހު މީހަކަށްވުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.




1 Comment
ގުޅުންހުރި
އުފާވެރިކަން އައިސް އަތުގައި ހިފީއެވެ
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން