ޑިސެމްބަރ 10, 2025

64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ 30 ދުވަހަށް ބަންދު

އުމުރުން 64 އަހަރުގެ މީހަކަށް އިއްޔެ ވަޅިން ހަމަލާދިން 32 އަހަރުގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 10:05 ހާއިރެވެ.

ދެ ލޯބިވެރިންގެ ދެމެދުގައި ހިންގި އެ މާރާމާރީގައި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދިންއިރު އަންހެން މީހާއަށްވެސް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. ނަމަވެސް މި ދެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.