ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިފްކޯއިން ބޮޑުކަންނެލި ގަތުމަށް ގޮވާލައި ބޮޑުކަންނެލި މަސްވެރިން މިއަދު އިހުތިޖާޖުކޮށްފައިވަނިކޮށް، މިނިސްޓަރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުމުން ކަމަށެވެ.
އޭގެ އިތުރުން މަސްވެރިކަން ރަނގަޅުވާ ވަގުތު ބޮޑުކަންނެލީގެ އަގު ދަށްވާ މައްސަލައަކީވެސް މަސްވެރިންގެ ކަންބޮޑުވުމެއް ކަމަށާއި އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް ވަދެ އެކަން ފުޅާކުރުމަކީ މަސްވެރިންގެ އެދުމެއް ކަމަށެވެ. އަދި ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަސް ތެރޭ ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅާއެކު މާލޭ ސަރަހައްދުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ މާޗު މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ މަސްވެރި އާއިލާތަކަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި މި ސަރުކާރުން ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮނޑުވުންތަކައް ހައްލު ހޯދައިދޭނެ ކަމަށެވެ.




ގުޅުންހުރި
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް
އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ކަންނެލި ޕެކިން ފެކްޓްރީ މި އަހަރު ފަށައި އަންނަ އަހަރު މެދުތެރޭގައި
ރާއްޖޭގެ އުތުރުން ދެކުނަށް ޑައިވްކޮށްގެން ދުނިޔޭގެ އެންމެ ދިގު ޑައިވްގެ ރިކޯޑް