ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަނިކޮށް، އެ ކުންފުނީގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބުނީ 26 ނޮވެންބަރު 2025 ގައެވެ.
އޭނާ ފަރުވާއަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އަޒްމީލް އިތުރު ފަރުވާ އަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާގެ ފަރުވާގެ ހުރިހާ ކަމެއް ބެލެހެއްޓީ ސްޓެލްކޯ އިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމީލު ނިޔާވީ މިއަދު އެވެ.


