ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލް އިން މިއަދު އަންގައިފި އެވެ.
އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
އެމްޕީއެލް އިން ބުނީ، ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށާއި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދު ކަމަށެވެ. އެއީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ދެމެދެވެ.
އެމްޕީއެލް އިން ބުނީ، މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު އަންގައި ދިނުމުގެ ގޮތުން، އެއްގަމު ތޮށީގައި މާކު ޖަހާފައިވާނެ ކަމަށެވެ. އެހެންކަމުން ފުރަތަމަ ސެގްމަންޓުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތައް އަންނަ ހުކުރު ދުވަހުގެ މެންދަމު 12:00 ގެ ކުރިން ނަގަން އެމްޕީއެލް އިން ވަނީ އަންގައިފަ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން އެމްއެމްއޭ ކުރިމައްޗަށް އޮންނަ ސަރަހައްދުގެ އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައިފަ އެވެ.
އާދީއްތަ ދުވަހުގެ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މާލޭގެ މާރުކޭޓު ސަރަހައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ.




ގުޅުންހުރި
ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލް އިން ވަޒީފާ ދީފި، ފުރިހަމަ
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް
މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ