ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމަށް އެޗްޑީސީން ވެސް އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އެއް ލޯންޗުކޮށްފި އެވެ.
އެ ހިދުމަތް ލޯންޗުކުރުމަށް ”ސޭފާ ހުޅުމާލެ“ގެ ނަމުގައި ރޭ ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔަތުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ޔުނިފޯމާއި ލޯގާ ވަނީ ތައާރަފުކޮށްފަ އެވެ.
އެޗްޑީސީން ބުނީ، މި ޕްރޮގްރާމްގެ ދަށުން ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ. އަދި މި ހިދުމަތް ތައާރަފުކުރުމުގެ ސަބަބުން ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނީޓާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ
އެޗްޑީސީން އިތުރަށް ބުނީ، މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
އަދި އެސްޓޭޓް ސެކިއުރިޓީގެ ސާވިސަސްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެ ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ ހިދުމަތް އޮއްވައި، އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް ތައާރަފު ކުރި އިރު، އެމްއޭސީއެލް އިންވެސް ވަނީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ހިދުމަތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލޯންޗުކޮށްފަ އެވެ.




ގުޅުންހުރި
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު