ބޭސްފަރުވާގެ ހަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ މަހު 35 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
މިއީ މިދިޔަ އޮކްޓޫބަރު މަހު އެންސްޕާ އިން ހަރަދުކުރި 45 މިލިއަނަށްވުރެ 10 މިލިއަން ދަށް އަދަދެކެވެ.
އެންސްޕާ އިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ނޮވެންބަރު މަހު އެ އޭޖެންސީން ޖުމުލަ ހަރަދުކޮށްފައިވަނީ 35,183,387.59 ރުފިޔާ އެވެ. އޭގެ ތެރެއިން ރޭއްޖެއިން ފަރުވާކުރުމަށް ހަރަދުކޮށްފައިވަނީ 20.5 މިލިއަން ރުފިޔާ އެވެ. ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ހަރަދުކޮށްފައިވަނީ 14.5 މިލިއަން ރުފިޔަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެންބަރު މަހު އެންސްޕާ މެދުވެރިކޮށް އެންމެ ގިނައިން އެހީ ހަމަޖައްސައިދީފައިވަނީ ކެންސަރު ބަލީގެ މީހުންނަށެވެ. އެފަދަ 135 މީހަކަށް އެންސްޕާ އިން ހަރަދުކޮށްފައިވެ އެވެ.
ދެން އެންމެ ގިނައީ ކަށީގެ ބަލިތަކާއި ވިހެއުމާ ގުޅޭ ބަލިތަކެވެ. އެގޮތުން ކަށީގެ ބަލީގެ 130 މީހަކަށް އަދި ވިހެއުމާގުޅޭ ބަލިތަކުގެ 124 މީހަކަށް އެންސްޕާ އިން މިދިޔަ މަހު އެހީ ހަމަޖައްސައިދީފައިވާ ކަމަށް އެ އޭޖެންސީން ބުނެ އެވެ.




ގުޅުންހުރި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން
މިނަށްވުރެ ބަރުދަން މަތި މީހުންގެ ބަރުދަން ދަށްކުރަން ހަދާ ސާޖަރީގެ ހިދުމަތް
އައިޖީއެމްއެޗްގެ ކިއު ކުޑަކުރަން ހެދި ފުރަތަމަ ސެންޓަރު ހުޅުވައިފި
6 މަސްތެރޭ ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތް ފަށާނަން: ރައީސް
އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ސްމާޓް ސްޓޯރު، ފާމަސީއަކަށް ބަދަލުކޮށް ހުޅުވައިފި
2007 އިން ފެށިގެން އުފަންވި މީހުނަށް ދުންފަތް މަނާކުރާ ބިލު ރައީސް