ށ. ފުނަދޫން ފީވަކަށް އެކަނި ދަތުރުކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ, އުމުރުން 68 އަހަރުގެ އެ މީހާ ދަތުރުކުރަމުންދިޔަ ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު 11:50 ހާއިރު ލިބުމުން ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް އޭނާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ.
އަދި އޭނާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.
ފުލުހުން ވަނީ އޭނާ ދަތުރުކުރި ދޯނީގެ ބައެއް ތަކެތި އޮޔާދަތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް އެދިފަ އެވެ.




ގުޅުންހުރި
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް