ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި/ ލިލީނައިޓް، މުހައްމަދު މައުސޫމް ނަމަކަށް ކިޔާ 22 އަހަރުގެ މީހެކެވެ. އޭނާގެ ހައްޔަރު ބަންދު ރެކޯޑެއް ނެތް ކަމަށް ބަންދު އަމުރުގައިވެ އެވެ.
އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށެވެ.
ނަމަވެސް އޭނާއަކީ ފުލުހެއް ކަމަށްވާތީ އާއި ގާނޫނު ނެގެހެއްޓުމަށް މަތީ ދަރަޖައަކަށް ޒިންމާ އޮތް ފަރާތަކަށްވާތީ، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)ގެ 5 ވަނަ ނަންބަރު ފުރިހަމަވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އެހެންވެ ކޯޓުން ނިންމީ އޭނާ ދެ ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.
މާރާމާރީގެ މައްސަލައެއްގައި ފުލުހަކު ހައްޔަރުކުރި އިރު، ސެލޫނަކަށް ވަދެ މާރާމާރީ ހިންގި މައްސަލައެއްގައިވެސް މި މަހު ކުރީކޮޅު ވަނީ ފުލުހަކު ހައްޔަރުކޮށްފަ އެވެ.




ގުޅުންހުރި
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި