ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ގެދޮރުވެރިޔާ ސްކީމުގެ ފުލެޓު ދީފައިނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވެފައިވަނީ، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޕޮއިންޓު ބަދަލުކޮށްގެން ބައެއް މީހުންނަށް ފުލެޓު ދީފައިވާ ކަމަށް ބައްދަލުވުމުގެ ބައިވެރިޔަކު ތުހުމަތުކުރުމުންނެވެ.
ރައީސް ވިދާޅުވީ އެ ވާހަކައަކީ ހިތްހަމަނުޖެހުމެއްގެ ތެރެއިން ބުނެވުނު ވާހަކައެއް ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އެގޮތަށް ޕޮއިންޓު ބަދަލުކޮށްގެން ފުލެޓު ދީފައިނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ފުލެޓުދީފައިވާނީ މިދިޔަ ސަރުކާރުން ދޭން ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތަށް ކަމަށާއި އެ މަނިކުފާނު ވެވަޑައިގެންނެވި އެ ވައުދުފުޅާ އެއްގޮތަށް އެކަންކަން ކުރިއަށްގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިރާސީ އާ އަހަރު ފެށެންވާއިރަށް، މިމަހުގެ ތެރޭގައި ފުލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށެވެ. އަދި 25،000 ރުފިޔާގެ ޑައުންޕޭމަންޓަށް ލުޔެއް ދިނުމަށާއި، ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދަށް ލުޔެއް ދިނުމަށް ވެސް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް