ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބާއްވަން ތައްޔާރުވަމުން އަންނަ ޖަލްސާއަށް ކަރަންޓު ދޭން ސްޓެލްކޯ އިން ދެކޮޅު ހަދަމުންދާ ކަމަށް ބުނެ, އެ ޕާޓީން އަމިއްލައަށް ޖަނަރޭޓަރެއް ބަހައްޓައިފި އެވެ.
”ރިސެޓް“ގެ ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް, ސްޓެލްކޯ އިން ވަނީ އެތަނުގެ ކޭބަލްއެއް އާކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި އެކަމަށްޓަކައި އެ ސަރަހައްދު ވަނީ ޓޭޕް އަޅައި ބަންދުކޮށްފަ އެވެ.
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ, ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި ކަރަންޓު ނުދީ ޖެއްސުން ކުރުން ބަލައިނުގަނެވޭނެ ކަމަށްވެސް ބުންޏެވެ.
މަލީހު ވިދާޅުވީ, މިރޭގެ ޖަލްސާ އޮންނާނެ ކަމަށާއި ޖަލްސާ ބޭއްވުމަށް ޕީއެންއެފް އިން އަމިއްލައަށް އާޓިފިޝަލް ބީޗުގައި 150 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕީއެންއެފްގެ މިރޭގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުالله ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ޕާޓީން ބުނާ ގޮތުން ޖަލްސާގައި މުހިންމު ކަންތައްތަކެއް އިއުލާން ކުރާނެ އެވެ.



