ޑިސެމްބަރ 19, 2025

ހަންގަނޑު އުޖާލާކޮށްދިނުމުގެ އިތުރުން އަލަނާސިން އަންހެނުންނަށް ވަކި ފައިދާއެއް ލިބޭތަ.؟

ޕައިންއެޕަލް ނުވަތަ ދިވެހި ނަމުންނަމަ އަލަނާސިއަކީ ހުހަށް ކެއުމުގެ އިތުރުން ޖޫސް ގިރައިގެން ވެސް ގިނަބަޔަކު ބޯންބޭނުންކުރާ މީރު މޭވާއެއްގެ އިތުރުން ކެމުގެ ވަރަށް ގިނަބާވަތްތަށް ތައްޔާރުކުރުމުގައި ބޭނުންކުރާ ކާއެއްޗެހީގެ ރަހަ އެތަށް ގުނައަކަށް ފުރިހަމަކޮށްދޭ ވަރަށް މުހިންމު ޓްރޮޕިކަލް މޭވާއެކެވެ.

ސްޓްރެސް ގެ އިތުރުން ބައެއް ބަލިތަކުންވެސް ރައްކާތެރިކޮށްދޭ މުހިއްމު ވިޓަމިންސް އާއި، މިނަރަލްސް، އެންޓިއޮކްސިޑެންޓްސް އަދި އެހެނިހެން ފައިދާ ހުރި މާއްދާތަކުން ފުރިގެންވާ އަލަނާސީގައި ހިމެނޭ ކޮމްޕައުންޑްސް އަކީ ސިއްހީ ގޮތުން ތަފާތު ފައިދާތަކާ ގުޅިފައިވާ މޭވާއެއް ނަމަވެސް، މި މީރު މޭވާގެ ސަބަބުން އަންހެނުންނަށް ވަކި ފައިދާއެއް ލިބޭތޯ ބައެއްފަރާތްތަކުންސުވާލު ކޮށްފާނެއެވެ.

އޮސްޓިއޮޕޮރޯސިސް އަކީ ފިރިހެނުންނަށް ވުރެ ހަތަރު ގުނަ ގިނައިން އަންހެނުންނަށް ކުރިމަތިވާ ބައްޔެކެވެ. ކަށިތަކުގެ ސިއްހަތަށް މުހިއްމު އެއް ނިއުޓްރިއަންޓަކީ ވިޓަމިން ސީ އެވެ. އެކަށީގެންވާ މިންވަރަށް ވިޓަމިން ސީ ލިބުމަކީ ކަށިތަކުގެ ޑެންސިޓީ މަތިވުމާއި އޮސްޓިއޮޕޮރޯސިސް އަދި ކަށިތައް ފަޅައިގެން ދިއުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ސީ ގިނަ ކާނާ ކެއުމަށް ފަހު އޮސްޓިއޮޕޮރޯސިސް ޖެހުމުގެ ފުރުސަތު 34 ޕަސެންޓް ދަށްވެ އެވެ. އަލަނާސި ކުދިކޮށް ކޮށާފައިވާ އެންމެ ތައްޓެއްގައި (165 ގްރާމް) ވިޓަމިން ސީ އެކުލެވޭއިރު އޭގެން  ދުވާލަކަށް ހަށިގަނޑަށްބޭނުންވާ ވިޓަމިންސީގެ 88 އިންސައްތަ ފޯރުކޮށްދެއެވެ. މީގެ އިތުރުން މެގްނީޒިއަމްގެ ޑީވީގެ %5 އަކީ ކަށިތައް ވަރުގަދަވެ ދުޅަހެޔޮކަމާއިއެކު ދެމެހެއްޓުމަށް ވެސް މުހިއްމު އެއްޗެކެވެ.

އެހެންކަމުން ކެއުމުގައި އަލަނާސި ހިމަނައިގެން ކަށިތަކުގެ ސިއްހަތަށް އެހީވެދީ، އޮސްޓިއޮޕޮރޯސިސް އިން ރައްކާތެރިވުމަށް ގިނަގުނަ އެހީތަކެއް ވެދޭއިރު ފައިބަރު، އަދި ވިޓަމިން ބީ މަތީ މިންވަރަކަށް އެކުލެވިގެންވާ އަލަނާސިން ހަންގަނޑު އުޖާލާކޮށްދިނުމަށްބޭނުންވާ ކޮލާޖެން އުފައްދައި، އޮކްސިޑޭޓިވް ސްޓްރެސް ކުޑަކޮށްދެއެވެ.

އަލަނާސީގައި ވިޓަމިން ބީ ގިނަ އަދަދަކަށް އެކުލެވިގެންވާއިރު  ވިޓަމިން ބީ ވަން އަދި ވިޓަމިން ބީ ސިކްސް (ޕައިރިޑޮކްސިން) އަދި ވިޓަމިން ބީ ނައިން (ފޯލޭޓް)
މިއިން ކޮންމެ އެއްޗަކީވެސް ވަކި ދައުރެއް އަދާކުރާ މާއްދާއެއް ކަމުގައިވީނަމަވެސް، ދަރިފުޅުގެ ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް ވިޓަމިން ބީ ވަރަށް ބޮޑަށް ބޭނުންވާއިރު، އަލަނާސީގައި ވިޓަމިން ސީ އާއި އަޔަން، ޒިންކް އަދި ކެލްސިއަމް އެކުލެވިގެންވަނީ ވަރަށް މަދު މިންވަރަކަށެވެ.

އަލަނާސިއަކީ ގިނަ އަންހެނުންނަށް ރައްކާތެރި އެއްޗަކަށްވި ނަމަވެސް ގެސްޓްރޯއީސޮފޭޖިއަލް ރިފްލަކްސް ޑިޒީޒް (ޖީއީއާރްޑީ) ހުންނަ މީހުންގެ ހިތުގައި ރިފްލަކްސްގެ އަލާމާތްތައް އިތުރަށް ގޯސްވެދާނެ އެވެ. މީގެ އިތުރުން އަލަނާސި ކެއުމުން  އުދަގޫވެ ނުވަތަ އެލާޖިކްގެ އެއްވެސް އަސަރެއް ހުރިނަމަ ސިއްހީ ހިދުމަތްތެރިއަކަށް އަވަހަށް ދެއްކުން މުހިންމެވެ.

އެލާރޖީގެ އަލާމާތްތަކުގެ ތެރޭގައި އަނގައިގައި ރިއްސުން ނުވަތަ އަނގަ ދުޅަވުން، ނޭވާލާން އުނދަގޫވުން، ހަންގަނޑު ހިރުވުން ނުވަތަ ކަށީގައި ރިއްސުމުގެ އިތުރުން ނޭފަތް ދުޅަވުން ފަދަ ކަންތައްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

 

Leave a Reply