ހިޔާ ފްލެޓުތައް ނިންމަން ހިނގި އެވްރެޖު ހަރަދަކީ 200,000 ރުފިޔާ ކަމަށް ބަލައި, ކޮންމެ ފްލެޓަކަށް އެ ފައިސާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް ހިޔާ ފްލެޓް ލިބުނު މީހުންނަށް ނަގުދު ފައިސާގެ ގޮތުގައި އެ އަދަދު ދޭންޖެހޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ހިޔާ ފްލެޓްތަކުގެ ކުލިން ދެ ލައްކަ ރުފިޔާ އުނިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ, ރައީސް މުއިއްޒު ވައުދުވީ ހިޔާ ފްލެޓްގެ ރައްޔިތުންނަށް ދެ ލައްކަ ރުފިޔާ ދޭން ކަމަށާއި އެ ފައިސާ ދޭނީ ބަހައިގެން ކަމަށް އޭރު ވިދާޅުނުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ޖެހޭނީ ނަގުދު ފައިސާގެ ގޮތުގައި ދޭން ކަމަށް ވިދާޅުވި އެވެ.
”(ރައީސް މުއިއްޒު) ހިޔާ ފްލެޓްގެ މީހުންނަށް ދެ ލައްކަ ރުފިޔާ ދޭން ބުނި. ދެ ލައްކަ ރުފިޔާ ބަަހައިގެން ދޭ ވާހަކައެއް ނޫން ބުނީކީ. އަޅުގަނޑު މި ގޮވާލަނީ ރޯދަމަސް އައުމުގެ ކުރިން ކޭޝް ގޮތުގައި ދެ ލައްކަ ރުފިޔާ އެ މީހުންނަށް ދޭންޖެހޭނެއޭ. ދޭންޖެހޭނެ. ދެ ލައްކަ ރުފިޔާ ހަމަ ދޭންޖެހޭނީ. އޮޅުވާލައިގެން ކަންތައްތައް ކުރަން އުޅޭނެ ކަމެއް ނެތް,“ އާޒިމް ވިދާޅުވި އެވެ.




9 Comments
ގުޅުންހުރި
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
ހިޔާގެ އަލިފާނާ ގުޅިގެން 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް