ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ކުރިއަށް ގެންދިޔަ ”ބިންވެރިޔާ“ ސްކީމުގެ ދަށުން، ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ، ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ބާއްވަން ޖެހުނީ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭންއަށް ބަދަލު ގެނެވި، އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށްފައިވާތީ ކަމަށެވެ. އަދި އެ ޕްލޭންއަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރުތައް ކަނޑައަޅާފައިވާ ކަމަށްވެސް ބުންޏެވެ.
އެގޮތުން ހުޅުމާލެ ފޭސް ތިނަކުން ޖުމުލަ 698 ގޯތި ދޫކޮށްފައިވެ އެވެ. އެ ގޯތިތައް ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލުގަ އެވެ.
ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފުސީލު:
- 1،650 އަކަފޫޓުގެ 181 ގޯތި
- 2،050 އަކަފޫޓުގެ 242 ގޯތި
- 2،450 އަކަފޫޓުގެ 132 ގޯތި
- 2،850 އަކަފޫޓުގެ 62 ގޯތި
- 3،250 އަކަފޫޓުގެ 41 ގޯތި
- 3،650 އަކަފޫޓުގެ 16 ގޯތި
- 4،000 އަކަފޫޓު 24 ގޯތި
ހައުސިން މިނިސްޓްރީން ބުނީ، ގުރުއަތުލުން ކުރިއަށް ގެންދާ ހޯލަށް، ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ވަދެވޭނެ ކަމަށެވެ. އެގޮތުން ގުރުއަތުލާއިރު ޕްލޮޓް އެލޮކޭޓް ކުރެވޭ ފަރާތްތަކަށް ވަގުތުން އެ ފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް އެއްގެ ގޮތުގައި ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
އެ މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންނާ އެކު ސޮއިކުރާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ އެވެ. އަދި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިމުމުން، ގޯތި ލިބިފައިވާ މީހުންނާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ކުރިއަށް ގެންދާނެ ކަަމަށް ބުންޏެވެ.




ގުޅުންހުރި
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަލުން ގުރު ނަގަން ފަށައިފި
ގޯއްޗާއި ފުލެޓަށް ހުޅުވާލިތާ 7 ދުވަސް: 1600 އަށްވުރެ ގިނަ އެޕްލިކޭޝަން
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް