އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން، މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައި ވަރަށް ހާއްސަ ސޭލްއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލުގައި ވަކި ޕްރޮޑަކްޓްތަކަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި މި ދެ ޝޯރޫމުން އެންމެ މަތިން ވިޔަފާރި ކުރައްވާ ދެ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މިއަދު ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ފިލިޕްސް ސައުންޑް ބާއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ 61 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭ ގޮތަށް އެކި ހަރަކާތްކަށް ހިންގުމަށް ރޭވިފައިވާ ކަމަށެވެ. އެ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އާންމުކުރާނެ އެވެ.
މި އަހަރުގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެންމެ ހާއްސަ އެއް ހަރަކާތަކީ ’ސްކެވެންޖާ ހަންޓް‘ އެކެވެ.
އެގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖުގައި އާއްމުކުރެވޭ އަދި އެސްޓީއޯގެ ވިޔަފާރި ސްގްމެންޓްތަކުގެ އައުޓްލެޓްތަކުގައި ފޮރުވިފައިވާ ’ހިންޓް‘ ތައް ބޭނުންކޮށްގެން އަރަތެއް ފުރިހަމަ ކުރެވޭ ފުރަތަމަ ފަރާތަށް އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ ނުވަތަ ޑައިސަންގެ ވަރަށް ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.




ގުޅުންހުރި
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
އެސްޓީއޯއިން ބާޒާރުމައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި