ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަދިނުމުގައި ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމެނޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންފައިވާ ގޮތަށް ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ ގޯތިތައް އިމާރާތްކުރެވޭ އުސްމިން ދިހަ ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަދިނުމުގައި ހިމެނޭ ޝަރުތުތަކުގެ ތެރޭގައި އެންމެ ތިރީގައި އެގޭގެ މީހުންގެ ޕާކިން ހަދަން މަޖުބޫރުވާނެ ކަމަށާއި އަދި ފުރަތަމަ ފަންގިފިލާއަކީ ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް ބޭނުންކުރާ ފަންގިފިލާއަކަށްވާން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ފޭސް އެކަކުން ގޯތި ލިބިފައިވާ ފަރާތްތަކުން ދައްކަންޖެހޭ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާ ކަމަށާއި އެ ލުއި ލިބޭނީ ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
ގިނަ ފަރާތްތަކަކުން މިހާރު އަގުގެ ބޮޑު ބައެއް ދައްކާފައިވާ ކަމަށާއި އެ ގޯތިތައް ލިބުނު ފަރާތްތަކުން ބާކީ ދައްކަންޖެހޭ އަދަދުން އެ ދިހަ ޕަސަންޓު އުނިވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން