ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ އެވެ.
ފަލަސްތީންގެ މަސްދަރުތަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުން ޝައިހް ރަދްވާން ނެއިބަހުޑްގައި ހިމެނޭ އެ ގެއަކީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ގެ އެކެވެ. އެ ގެ ވެއްޓުމުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ތިން އަންހެނުންނާއި ކުޑަކުއްޖަކު ހިމެނޭއިރު ދެމަފިރިއަކު ގެއްލިފައިވާ ކަމަށް ވެސް ނޫސްތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާން މަހުމޫދު ބަސަލްއާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުދަނގޫ ހާލަތުގެ ސަބަބުންނާއި އެކަށީގެންވާ އާލާތްތައް ނެތުމުގެ ސަބަބުން ގެއްލުނު ދެ މީހުން ސަލާމަތް ކުރުމުގައި ވަނީ އުދަނގޫތަކެއް ކުރިމަތިވެފަ އެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ހުއްޓާނުލައި ދެމުންދާ ހަމަލާތަކުގައި އެތައް ގެއަކަށް ގެއްލުންވެ, ވެއްޓުމުގެ ބިރު ހީވެފައިވާއިރު, މޫސުން ގޯސްވުމުގެ ސަބަބުން ގެތައް ވެއްޓުމުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފަ އެވެ.



ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200