ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން މިހާތަނަށް 500,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.
ތާރީހީ ކުލަގަދަ ހަފުލާ އަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލާއެކު 26 ޖުލައި 2025 ގައެވެ. ޓާމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެމްއޭސީއެލް އިން ބުނީ، ޓާމިނަލް 1 އިން 15 ޑިސެންބަރު 2025ގެ ނިޔަލަށް 508,008 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ. އެއީ ރާއްޖެއިން ފުރި 252,340 ފަސިންޖަރުންނާއި ރާއްޖެ އައި 255,668 ފަސިންޖަރުންނެވެ.
އޭގެ އިތުރުން 21 ޑިސެންބަރު 2025 އަކީ ޓާމިނަލް 1 އިން އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދިން ދުވަސް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.
އެގޮތުން އެ ދުވަހު އެކަނިވެސް 19,551 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އިން ފުރި 8,681 ފަސިންޖަރުންނާއި ރާއްޖެ އައި 10,870 ފަސިންޖަރުންނެވެ.
ޓާމިނަލް 1 އިން މިހާތަނަށް 37 އެއާލައިނަކަށް ދަނީ ހިދުމަތް ދެމުންނެވެ.




1 Comment
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 41 ހެކްޓަރު ހިއްކާ ނިންމައިފި، މިހާރު އެއީ
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް