މާލެ ސަރަހައްދުގެ ވައި ނުސާފުވެ، ވައިގެ ފެންވަރު ދަށްވަމުންދާތީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާސްކު އެޅުމަށާއި ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އަޒީމް އިލްތިމާސް ކުރައްވައިފިއެވެ.
ފާއިތުވި އަހަރުތަކުގައިވެސް މި ދުވަސްވަރަކީ މާލެ ސަރަހައްދުގެ ވައި ނުސާފުވާ ދުވަސްވަރެއް ނަމަވެސް، މި އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވައިގެ ނުސާފުކަން ކުރީ އަހަރުތަކަށްވުރެ ބޮޑަށް ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ ސަރަހައްދުގައި ދުންފިނި ބޯވެ، ވައި ނުސާފުވުމުގެ ސަބަބުން ސަމާލުވުމަށް އެލާޓް ނެރެފައެވެ.
މޭޔަރު އާދަމް އަޒީމް އެކްސް މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި، ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅުއްވާފައިވެއެވެ.
މޭޔަރު ވިދާޅުވީ، ”ސިއްހީ މާހިރުން އިރުޝާދު ދެއްވާފައިވާ ފަދައިން ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން. މިހާރު ވައި ނުސާފުވެފައިވާ މިންވަރަށް ބަލައި، ބޭރަށް ނިކުންނަވާއިރު މާސްކު އެޅުއްވުމަށާއި، ކޮންމެހެން ބޭރަށް ނިކުންނަންޖެހޭ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުމެ މަޑުކޮށްލެއްވުމަށް އިލްތިމާސްކުރަން،“ ކަމަށެވެ.
މީގެ އިތުރުން، ވައި ނުސާފުވުމުގެ ސަބަބުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކަށް ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެކަން މޭޔަރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދެއްވައި، އަމިއްލަ ސިއްހަތަށް އިސްކަންދެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.




2 Comments
ގުޅުންހުރި
މޭޔަރު އާޒިމްގެ ތުހުމަތެއް: ވިޔަފާރި އުސޫލުން ހިންގަން ބުޅާ ފެސިލިޓީ ވަނީ
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް