ރިސޯޓު މުވައްޒަފުންނަށް މަސައްކަތްކުރާ ރިސޯޓަކާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް“ގެ ނަމުގައި ޒުވާނުންނާއެކު ޒުވާނުންގެ އެތެރެވެހީގައި މިރޭ ބޭއްވި އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ އާއިލާއާ ދުރަށް ގޮސް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމަށް އުނދަގޫތަކެއް ހުންނަ ކަމަށެވެ.
އެގޮތުން ދަތިވާ އެއް ކަމަކީ ގެދޮރުވެރިކަން ކަމަށާއި އެހެންކަމުން ޓޫރިޒަމް ދާއިރާއާ ގުޅޭ ޒުވާނުންނަށް ހައުސިންގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމަށާއި އެ ޒުވާނުން މަސައްކަތްކުރާ ރިސޯޓެއްގެ ކައިރިން ނޫނީ ޓޫރިޒަމް ސަރަހައްދުތަކުގެ ކައިރީގައި ހުންނަ ބޮޑެތި އާބާދީތަކުގައި ހައުސިން ޕްރޮޖެކްޓުތައް ހިންގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުން، އެ ޒުވާނެއްގެ އާއިލާއާ ވީހާވެސް ކައިރިން ހައުސިން ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ހައުސިން އަކީ ޒުވާނުން ކުރިއަށްދިއުމުގައި އެންމެ ބޮޑު އެއް ހުރަސް ކަމަށެވެ.
އެކި ރަށްރަށުގައި ތަރައްގީކުރުމަށް މީގެ މަހެއް ކުރިން ހަވާލުކުރި 800 އަށްވުރެ ގިނަ ހައުސިން ޔުނިޓުގެ ތެރެއިން ޕަސަންޓޭޖެއް ކަނޑައަޅާނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށާއި އޭގެ އިތުރުން ހައުސިން ސްކީމުތަކުން ޒުވާނުންނަށް އިސްކަންދޭގޮތަށް ޝަރުތުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް
ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމަށް ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމަނަނީ
ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް
ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ،