ބޭރު ގައުމުތަކުގައި ގާއިމުވެތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގައި ދިވެހިން ހަރަކާތްތެރިވަމުންދާ ކަމަށާއި ކޮންމެ ތަނެއްގައި ތިބި ނަމަވެސް އެ މީހުން ރާއްޖެ ގެނެސް ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ، ސަރަހައްދީ ގައުމުތަކުގައި ތިބެގެން ރާއްޖެއަށް ޑުރަގް ފޮނުވާ ތިން ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ރާއްޖެއަށް ޑުރަގް ފޮނުވުމުގައި އެެއާ ކާގޯ އާއި ސީ ކާގޯގެ އިތުރުން ކަރަންޓާއި ބަދިގޭ ސާމާނުތަކުގައި ޑުރަގް ފޮރުވައިގެން ރާއްޖެއަށް ފޮނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ
”ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ގާއިމުވެގެން ތިބި ކަމުގައިވީނަމަވެސް މިފަދަ ޖިނާއީ ކުށް ކުރާ ފަރާތްތަައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް އަޅުގަނޑުމެން އެ ފަރާތްތައް ރާއްޖެއަށް ގެނެސްގެން ތަހުގީގު ހިންގާނަން،“ ނާއިފު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ، އެފަދަ ކުށްވެރިން ރާއްޖެ ގެނައުމުގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމާއި ނުވަތަ އެހީތެރިކަން ހޯދުމާ ބެހޭ ގާނޫނުގެ ތެރެއިން އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ގައުމުތަކާ އެއްކޮށް ތަހުގީގު ތެރެއިން ފުޅާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.




12 Comments
ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު