ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭގެ 41 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ރަސްމާލޭގެ ސައިޓު އޭ ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށީ 1 ޑިސެންބަރު 2025 ގައެވެ. އެތަން ހިއްކަމުންދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯންއިން ކަމަށެވެ. އެއީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ ޑްރެޖަރެކެވެ.
އެމްއޭސީއެލް އިން ބުނީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކައި އެއްކޮށް ނިމިފައިވާ ކަމަށެވެ. އެއީ ސައިޓު އޭގެ 30 ޕަސަންޓެވެ.
ރަަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާއިރު، އެ މަސައްކަތް ތިން ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ.




ގުޅުންހުރި
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް ޓާމިނަލް 1
ދެ ގުނަ ބޮޑު ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށައިފި
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ފުލެޓާއި ގޯއްޗަށް ކުރިމަތިލާން ޖެނުއަރީ 4 ގައި ހުޅުވާލަނީ
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު