ދިވެހީންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުދަނގޫ ހާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ, އުހުއްވަތްތެރި, އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ބަދަހިކަމާއެކު ތިބެ, ގައުމު ސަލާމަތްކޮށް, ގައުމަށް ހެޔޮގޮތް ހޯދައިދިނުމުގައި މުޅި ދުނިޔެއަށް ދިވެހީން ނަމޫނާ ދައްކަމުންދާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެ ކަމަށެވެ.
އަދި ސުނާމީގެ އުދަނގޫ ހާލަތުން އަރައިގަނެ, ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ, ގައުމު އަލުން އާރާސްތުކުރުމުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރީ, މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ އެހީތެރިވުމުގައި މާތް ނަބިއްޔާގެ ހަދީޡްފުޅުން އިބުރަތް ލިބިގަނެ, އެއް ހަށިގަނޑެއްގެ މިސާލުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ސުނާމީ ކާރިސާއިން ލިބުނު އިބުރަތްތައް ގިނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, އެ މީހަކަށް ވީވަރަކުން އަނެކުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ހާލަތްތަކާ ގުޅިގެން އެއްރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާ ކޮންމެ އާއިލާއަކަށް މެހެމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށް ދިނުމުގައި އޮތް އިޖުތިމާއީ ފައިދާއަކީ އެ ދުވަހު ލިބުނު އިބުރަތްތައް ކަމަށެވެ.
އޭގެ އިތުރުން އެ ދުވަހުގެ ހާދިސާއަށްފަހު ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގައި ގައުމީ ތަރައްގީގެ ޕްލޭން ރޭވުމުގެ މުހިންމުކަމާއި ކުއްލި ހާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމާއި ބައިނަލްއަގުވާމީ މުޖުތަމައާ އެކުވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ މަންފާ ރައީސް ފާހަގަކުރެއްވި އެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!