ޑިސެމްބަރ 27, 2025

ބަނގުރާ ކައްކައި ވިޔަފާރިކުރަމުންދިޔަ މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި 

މާލޭގައި ބަނގުރާ ކައްކައި ވިޔަފާރިކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އާ އަހަރާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ”ރިވެލި“ ގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ދަށުން މި މަހުގެ 25 ގައި ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ ރައްޔިތުން ކަމަށްވާ މޮހަންދާސް ރަޖެންދިރަން (22އ) އާއި ބަލަސުބްރަމަނިޔަން ސެލަމް (41އ) އެވެ.

ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރިއިރު، އެ ގޭގެ ތިން ފަންގިފިލާ އިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށާއި އެ ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއް ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.