ރޭޕްގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން މީހަކު ހޯދާތާ އެއް އަހަރަށްފަހު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.
ގދ. ވާދޫ، ސަބާހާމަންޒިލް، އިޒާމް ޒާހިރު ހޯދުމަށް އާންމުކޮށް ފުލުހުން ފުރަތަމަ އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން 11 ގައެވެ. އޭނާ ހޯދަން ފަށާފައިވަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުން އިއްޔެ ބުނީ އޭނާ ހޯދުމަށް ނުވަ ފަހަރެއްގެ މަތިން އިއުލާންކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާ ފެނިފައިނުވާ ކަމަށެވެ.
އޭގެ ފަހުން ފުލުހުން މިއަދު ބުނީ ބުނީ އޭނާ މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިޒާމް ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ކުރަނީ ރޭޕްކުރި ކަމުުގެ ތުހުމަތެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.




ގުޅުންހުރި
ގްރޫމްކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ފުލުހުން ހުއިފިލަނޑާ ވިއްކަނީ
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު