ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް މިދިޔަ ބުރާސްފަތި ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެ މުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި ދެ މީހުންނަކީ ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ (47އ) އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް (57އ) އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ތެރެއިން އަހުމަދު އަލީ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އަދި އާދިލް ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.




ގުޅުންހުރި
ގްރޫމްކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ފުލުހުން ހުއިފިލަނޑާ ވިއްކަނީ
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު