މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ދޭއިރު, އެޕްލިކަންޓް ވަކި މޮޑެލްއަކަށް އެޕްލިކޭޝަން ހުށަހަޅައިފައި އޮތް ނަމަވެސް, އެ އެޕްލިކަންޓަށް ދޭނީ ކިތައް ކޮަޓަރީގެ ފްލެޓެއްކަން ނިންމުމުގެ ބާރު ހައުސިން މިނިސްޓްރީއަށް ލިބިގެންވާ ކަމަށް މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި ބުނެފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި ބުނެފައިވާ ގޮތުން ފްލެޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ދިނުމަށްފަހު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދާއި ހައުސިން ޔުނިޓްތަކުގެ އަދަދަށް ރިއާޔަތްކޮށް, ޔުނިޓް އެލޮކޭޝަން ހެދުމާ ގުޅޭ ހާއްސަ އުސޫލެއް މިނިސްޓްރީއަށް ކަނޑައެޅިދާނެ އެވެ.
އެގޮތުން ފްލެޓަށް ހުށަހަޅާއިރު ބޭނުންވަނީ ކިތައް ކޮޓަރީގެ ފްލެޓެއްކަން ބަޔާންކޮށްފައި އޮތް ނަމަވެސް އެ އެޕްލިކަންޓަށް ލިބޭ އާމްދަނީއާއި އެންޑް ޔޫސާ ފައިނޭންސިންއަށް ހުރި ފުރުސަތުތަކަށް ރިއާޔަތްކޮށް, އެ ފަރާތަށް ލިބޭނީ ކިތައް ކޮޓަރީގެ ފްލެޓެއްކަން ނިންމުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
އުސޫލުގައި ފްލެޓް ދިނުމުގައި ހާއްސަ އިސްކަންދޭ ކެޓަގަރީތަކެއް ވަނީ ކަނޑާއަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
- އަލަތު ކައިވެނިކުރާ ފަރާތްތައް/ ޒުވާން އާއިލާތައް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ, ޓެކްސީ ޑްރައިވަރުން
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމް ދާއިރާގައި އުޅޭ މުވައްޒަފުން
- މާލޭގައި އައިލާ ބިނާކޮށްފައިވާ ޝަރުއީ ދާއިރާގެ މުވައްޒަފން
- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިން
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް
- ވެށިފަހިމާލެއާއި ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި, ފްލެޓް ނުލިބިވާ މީހުން
- ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތައް
- މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާންކުރާ އިދާރާތަކާއި މުވައްސަސާތަކުގެ މުވައްޒަފުން




2 Comments
ގުޅުންހުރި
ރޯވި ދޯނިން ދަތުރުކުރަމުންދިޔަ ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެނީ
15 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި ރޯވެއްޖެ
މުސާރަދެނީ ރައްޔިތުން، ވަޒީފާ ގެއްލިދާނެތީ ބިރު ގަންނަން ނުޖެހޭނެ: ފައިސަލް
ވެރިކަމުގެ ބާރުން މަޖިލިސް ހޯދަން އެންމެ ރަގަޅުގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން:
ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި
ރޯދަމަހު ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށްފައި، ތިމާ އަޅުކަމުގައި އުޅުމަކީ