ތައިލެންޑުގައި ބާއްވާ ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ފުޓްސަލް ޗެމްޕިއަންޝިޕް 2026 އަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފި އެވެ.
ޗައިނާއަށް މިއަދު ފުރި ޓީމުގައި 17 ކުޅުންތެރިން ބައިވެރިވެ އެވެ. އެ ޓީމު ޗައިނާއަށް ފުރުމުގެ ކުރިން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފަ އެވެ.
އެފްއޭއެމް އިން ބުނީ، ޗައިނާގައި ބާއްވާ ތަމްރީނުތަކަށްފަހު 14 އަށް ސްކޮޑް ކުޑަކުރާނެ ކަމަށާއި އެ ކުޅުންތެރިން ސީދާ ދާނީ ތައިލެންޑަށް ކަމަށެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ 14 އިން 26 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖެ އިން ފުރަތަމަ މެޗު ކުޅޭނީ ޖަނަވަރީ 14 ވަނަ ދުވަހު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާ ދެކޮޅަށެވެ.
މި މުބާރާތަށް ތައްޔާރުވުމަށް ހެޑް ކޯޗަކަށް އެފްއޭއެމް އިން ހަމަޖައްސާފައިވަނީ އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވް އެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރީ މި އަހަރުގެ ސެޕްޓެންބަރު މަހު މިޔަންމާގައި ބޭއްވި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގަ އެވެ.




ގުޅުންހުރި
އެނބުރި ގައުމަށް އައުމާއެކު ގައުމީ ފުޓްސަލް ޓީމަށް ހޫނު މަރުހަބާއެއް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ހަތަރުވަނަ މެޗުން ވެސް މޮޅެއް، ރާއްޖެ ޗެމްޕިއަންކަމާ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު އިންޑިއާ ވެސް ބަލިކޮށް، ރާއްޖެއިން އެއްވަނައިގައި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް