މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އިސްމާއިލް ސާޖިދު ސަސްޕެންޑްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ސަސްޕެންޑުކޮށް، ގޭގައި މަޑުކުރުމަށް ސާޖިދަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ސާޖިދު ސަސްޕެންޑުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ވެސް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެފްއައިޔޫ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވުމާއެކު، އެ މަގާމުގައި އޭރު ހުންނެވި އަބްދުﷲ އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކުރުމަށްފަހު، އެ މަގާމަށް ސާޖިދު ހަމަޖެއްސީ މިދިޔަ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުއެވެ.



