ކުރީގެ ފިލްމު ޑިރެކްޓަރު ފައްތާހު ނިޔާވެއްޖެ

ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި އުމުރުން 54 އަހަރުގެ ފައްތާހު މިރޭގެ ވަގުތެއްގައި ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ފައްތާހު ފިލްމީ ދާއިރާއިން ދުރަށް ގޮސް، އޭނާ ވަނީ 2018 ގައި ހއ. ކެލާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ފައްތާހު ދިޔައީ ކެލާގައި ވިޔަފާރިއެއް ހިންގަމުންނެވެ.

ފައްތާހުގެ އެންމެ ފަހުގެ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ 2017 ވަނަ އަހަރު ގެނެސްދިން ”ހައްދު“ އެވެ. ފައްތާހުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ”14 ވިލޭރޭ“، ”ހުރީމޭ އިންތިޒާރުގައި“، ”އާނ އަހަރެން ވެސް ލޯބިވިން“، ”ވެހޭ ވާރޭ ތެރެއިން“ އަދި އޭނާގެ ފުރަތަމަ ފިލްމު ”ހިމޭން ދުނިޔެ“ ފަދަ ފިލްމުތައް ވެސް ފާހަގަކޮށްފައެވެ.

އޭގެ އިތުރުން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ސިލްސިލާތައް ވެސް ޑައިރެކްޓު ކުރިއެވެ. އޭގެ ތެރޭގައި ތިއޭ މި ހިތުގެ ވިންދަކީ“، ”ރޭޝަމް“، ”އައިޝާ“ އަދި ”ދޯޕައްޓާ“ ފަދަ ޑްރާމާތައް ފާހަގަކޮށްލެވެއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން 2004 ވަނަ އަހަރު ގައުމީ އިނާމު ވެސް ހާސިލުކޮށްފައިވާ ފައްތާހު ނިޔާވެފައިވަނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކެލާ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން ނިންމާފައިވަނިކޮށެވެ.

5 Comments

  • Šhâńîž Āłî ޑިސެމްބަރ 30, 2025

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  • Eashal Ezmeray ޑިސެމްބަރ 30, 2025

    ‎اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    ‎މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

  • Aufa Ibrahim ޑިސެމްބަރ 30, 2025

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،
    މާތް ﷲ މައްޔިތާގެ ކުދި ބޮޑު އެންމެހާ ފާފަފުއްސަވާ ދެއްވާ ރަހްމަތްލައްވާ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ!
    ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން
    ދެއްވާށި! އަދި މައްޔިތާގެ އާއިލާއަށް
    ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ!
    آمیـــــــــــــن یارب العالمين 🤲🏼

  • Fathimath Shareef ޑިސެމްބަރ 31, 2025

    إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُونَ‎،
    މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި، އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި، ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވައި ހެއު ރަޙްމަތްލައްވަށި..
    آمیـــــــــــــن یارب العالمين🤲

  • Mohamed Arusham ޑިސެމްބަރ 31, 2025

    إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُونَ‎،
    މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި، އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި، ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވައި ހެއު ރަޙްމަތްލައްވަށި..
    آمیـــــــــــــن یارب العالمين🤲

Leave a Reply