ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަންގޭރީގެ އިސްތަވާން އުރުބާނީ ހަމަޖައްސައިފި އެވެ.
އެފްއޭއެމް އިން މިއަދު ބުނީ، އުމުރުން 58 އަހަރުގެ އުރުބާނީ ކޯޗަކަށް ހަމަޖައްސާފައި ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާވެސް އެކުގައި ކަމަށެވެ.
މިއީ އުރުބާނީ، ރާއްޖޭގެ ކޯޗުކަމާ ހަވާލުވާ ތިންވަނަ ފަހަރެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށް ދީފަ އެވެ. އޭނާގެ ފުރަތަމަ ފަހަރު 2009ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ގެންގޮސްދިނެވެ. އެ ފަހަރު ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުންނެވެ.
އޭގެފަހުން އަނެއްކާވެސް 2011 ވަނަ އަހަރު 2013 ވަނަ އަހަރަށް ރާއްޖޭގެ ކޯޗުކަން އުރުބާނީ ކޮށްފައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި ލަންކާގައި 2012 ގައި ބޭއްވި 23 އަހަރުންދަށުގެ އިންވިޓޭޝަނަލް މުބާރާތް ރާއްޖޭން ކާމިޔާބު ކުރީ އުރުބާނީގެ ކޯޗުކަމުގެ ދަށުންނެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާގެ މަގާމާއި ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވާން އުރުބާނީ ރާއްޖެ އަންނާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ހަންގޭރީގެ ގައުމީ ޓީމަށް ކުޅެފައިވާ އުރުބާނީ ވަނީ ހަންގޭރީގެ ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދީފަ އެވެ. އުރުބާނީ ރާއްޖޭން ދިޔަ ފަހުން މަސައްކަތް ކުރީ އެމެރިކާގަ އެވެ.




ގުޅުންހުރި
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ