ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގައި ހިންގަމުންދާ މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ އާންމުން ކުރަން ފެށުމުން އެ ފަދަ ތަންތަން ބަންދުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ މަހު ނުވަވަނަ ދުވަހު އެވެ.
ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން މަސާޖު ޕާލާތައް ބަންދުކުރަން މަސައްކަތް ކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ފެނިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން 9 ޑިސެންބަރު 2025 އިން 8 ޖަނަވަރީ 2026 އާ ހަމައަށް 104 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭގައި އަދިވެސް 200 އެއްހާ މަސާޖު ޕާލާ ހިންގަމުން އަންނަ ކަމަށެވެ.
”އެހެންވީމާ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން އަމިއްލައަށް ބަންދުކޮށް، ނުގަވައިދުން ކުރާ ހުރިހާ ކަމެއް ހުއްޓައިލައި، ޓޫރިސްޓް ވިސާގައި ގެނެސް ތިބި ބިދޭސީން އަމިއްލައަށް ފޮނުވާލައިގެން ނަމަވެސް، މިތަންތަން އަމިއްލައަށް ބަންދުކުރުމަކީ އެންމެ ރަނގަޅު ގޮތް،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް