ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރި ހިންގަމުންދާ މީހުން ހޯދުމަށްޓަކައި ފުލުހުންގެ ”އަލިމަގު“ އޮޕަރޭޝަން ގއ. އަތޮޅުގައި މިއަދު ފަށައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން މިއަދު ބުނީ، މިއީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި ޑުރަގް ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ބުންޏެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތް ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑުރަގް އެންފޯސްމަންޓް ވިންގު ގުޅިގެންނެވެ.



