ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ކަންނެލި ގަންނަން ފަށައިފި އެވެ.
ކަނޑުއޮތްގިރިން ކަންނެލި ގަންނަން ފެށީ އިއްޔެ އެވެ. އެގޮތުން 15 ކިލޯއަށްވުރެ މަތީގެ ބޮޑު ކަންނެލި ގަންނަން ނިންމާފައިވަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ. ބޮޑު ކަންނެލީގެ އިތުރުން ކަނޑުއޮތްގިރިން ކަޅުބިލަމަސް ވެސް ގަންނާނެ އެވެ.
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފެށުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވަނީ ކަނޑުއޮތްގިރިއަށް ވަޑައިގެންފަ އެވެ.
އެތަނުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކަޅުބިލަމަހުގެ މަސްވެރިންނަށާއި ބޮޑު ކަންނެލީގެ މަސްވެރިންނަށްވެސް ވަރަަށް ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށެވެ.




ގުޅުންހުރި
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ
އިންޑިއާ މިއޮތީ ”ސާބިތުކަމާއެކު“ އިޒްރާއީލާ އެކު: މޯދީ
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ