މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލިތާ ހަފުތާއެއް ތެރޭ 1،600 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ، ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 1616 އެޕްލިކޭޝަން ވަނީ ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 1160 އެޕްލިކޭޝަން އާއި ގޯޗަށް އެދި ހުށަހެޅި 456 އެޕްލިކޭޝަނެވެ.
މީގެ އިތުރުން މިހާތަނަށް 7605 މީހުން ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ
އެ ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 7900 ފުލެޓާއި 15،000 ގޯއްޗެވެ. އޭގެ ތެރެއިން 15،000 ގޯއްޗަކީ ރަސްމާލެއިން ދޫކުރާ ގޯތިތަކެވެ.
ފުލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން ފުލެޓުތައް ވަނީ ވަކިވަކި ކެޓަގަރީތަކަކަށް ބަހާލައިފައެވެ. އެގޮތުން މާލޭ ރަށްވެހިންނަށް 4000 ފުލެޓު އަދި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް 1500 ފުލެޓު ވަނީ ހާއްސަކޮށްފަ އެވެ. އޭގެ އިތުރުން؛
- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން – 100 ފުލެޓު
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް – 100 ފުލެޓު
- އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް – 250 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 50 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން – 200 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން – 100 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް – 100 ފުލެޓު
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް – 50 ފުލެޓު
- ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް – 300 ފުލެޓު
- ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް – 50 ފުލެޓު
އޭގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް ވަކި އަދަދުތަކަކަށް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- ރައްޔިތުންގެ މަޖިލީހުގެ އިދާރާ
- ފުލުހުން
- ސިފައިން
- ސިވިލް ސާވިސް މުވައްޒަފުން
- އެޓާނީ ޖެނެރަލްގެ އޮފީސް
- ފޮރިން ސާވިސް
- ޖުޑިޝަލް ސާވިސް ކޮމިޝަން
- އިލެކްޝަންސް ކޮމިޝަން
- ސިވިލް ސާވިސް ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
- އެންޓި ކޮރަޕްޝަން ކޮމިޝަން
- އޮޑިޓާ ޖެނަރަލް އޮފީސް
- ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
- މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
- ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
- މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު
- ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް
- އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓަސް އޮފީސް
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
- ވަޒީފާއާބެހޭ ޓްރައިބިއުނަލް
- ލޯކަލް ގަވަމަންޓް އޮތޯރިޓީ
- ޓެކްސް އެޕީލް ޓްރައިބިއުނަލް



ގުޅުންހުރި
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި
ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް
އަންނަ ރޯދަ މަހުގެ ކުރިންވެސް 4,000 ފްލެޓްތަކަށް ވަދެވޭނެކަމުގެ އުއްމީދެއް ނެތް!؟