ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ވަހީދުގެ އިސްތިއުފާގެ ސިޓީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސަށް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ރައީސް ވަހީދު އިސްތިއުފާދެއްވާފައި މިވަނީ، ކުޑަކުދީންނަށް ޖިންސީ ގޯނާކުރަން، އެ ކުދިން ޓްރެފިކިން ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގި ޖެފްރީ އެޕްސްޓެއިންއާ ރައީސް ވަހީދު ބައްދަލުކުރެއްވުމަށް މަޝްވަރާކުރެވުނު އީމެއިލެއްގެ ސްކްރީންޝޮޓެއް ދާދި ފަހުން ލީކުވެފައިވަނިކޮށެވެ.

ރައީސް ވަހީދު އިސްތިއުފާދެއްވާފައި މިވަނީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމު އަށް މަސް ދުވަހަށްފަހުއެވެ. ރައީސް މުއިއްޒު، އެ މަގާމަށް ރައީސް ވަހީދު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 26 ގައެވެ.