ސްކޭމްކޮށްގެން ހޯދި ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައި، އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހަސަން، ބަންގުލަދޭޝް (28އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސްގައި ބަންކު ބެޑެއް ވިއްކާނެ ކަމަށްބުނެ މީހަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެ މިހާ އަތުން ފައިސާ ހޯދައި، އެހެން މީހެއްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އަދި އޭނާ އެ ފައިސާ ނަގާފައިވަނީ ވޯކްޕާމިޓް އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން، މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި ހަސަން ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ ސްކޭމްކޮށްގެން ހޯދާ ފައިސާ ބިދޭސީންގެ އެކައުންޓަށް ޖަމާކުރުވައި، ދައުރުކުރުވަމުންދާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާއި ބިދޭސީ މަސައްކަތްތެރިއެއްގެ އެފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އިމިގްރޭޝަނާ އެ މީހަކު ހަވާލުކުރާނެ ކަމަށެވެ. އަދި އެފަދަ އަމަލެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ފުލުހުން ވަނީ އެދިފައެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




ގުޅުންހުރި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރަށް
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ