ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ދެ ގައިދީންގެ މަރުވި ގޮތް ބެލުމަށްޓަކައި ޕޯސްޓްމޯޓެމް ހަދަން ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި އެ ދެ މީހުންގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ އެ ދެ މީހުން ވެސް މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ދުވަހު މަރުވި ދެ މީހުންނަކީ ދަފްތަރު ނަމްބަރު 439، އިބްރާހީމް ސުހައިލް (53އ) އާއި ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ހަސަން ނިޔާޒް (45އ) އެވެ.
ކަރެކްޝަންސް އިން އޭރު ބުނެފައިވަނީ އިބްރާހީމް ސުހައިލް މަރުވީ ނިއުމޯނިއާ ޖެހިގެން ހާލު ދެރަވެ، އައިޖީއެމްއެޗްގައި ފަރުވާދެމުންދޭތާ ހަފުތާއެއް ފަހުން ކަމަށެވެ. އަދި ހަސަން ނިޔާޒް މަރުވީ ޖަލުގައި ހުއްޓައި ހާލު ސީރިއަސްވެ، ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އެ ދެ މީހުންގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމާފައި މިވަނީ، އެ މީހުންނަށް އަނިޔާކޮށްފައިވާކަމުގެ ތުހުމަތުތަކެއް ބައެއް ފަރާތްތަކުން ކޮށްފައިވަނިކޮށެވެ.




ގުޅުންހުރި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ގައިދީންނާއި އޮފިސަރުން ވެގެން ހިންމަފުށީ ސްކޫލަށް 130 މޭޒު ޖަހައިދީފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި