މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުން އެލައިޑް އިންޝުއަރަންސްއިން ބައިވެރިވެ، މެރިން އިންޑަސްޓްރީއަށް ހާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި އެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފިއެވެ.
އެލައިޑުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން މެރިން އެކްސްޕޯގައި ބައިވެރިވަމުންނެވެ. އެލައިޑުން ދެކޭގޮތުގައި އެ އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން އެ ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެ ފަރާތްތަކާ ހިއްސާކޮށް، އެކަމުގެ މުހިންމުކަށް އެ ފަރާތްތަކަށް އަންގައިދިނުމެވެ. އޭގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް ޕްލޭންތަކުގެ މައުލޫމާތުވެސް އެ އެކްސްޕޯގައި އެލައިޑުން ވަނީ ފޯރުކޮށްދީފައެވެ.

މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަނެއްވެސް ހިންގައިފައެވެ. އެ ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރު ވަނީ ހަވާލުކޮށްފައެވެ. މެރިން އެކްސްޕޯއާއެކު ކުރިއަށްދިޔަ އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ، އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.
އެ ޕްރޮމޯޝަންގެ އިތުރުންވެސް އެލައިޑުގެ ސްޓޯލަށް ޒިޔާރަތްކޮށް، ސްޓޯލުގައި ކުރިއަށްގެންދެވުނު އިތުރު ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެލައިޑުން ވަނީ ހާއްސަ ހަދިޔާތަކެއްވެސް ދީފައެވެ.
އެލައިޑުން ބުނީ އެފަދަ އެކްސްޕޯތަކުގައި އެ ކުންފުނިން ބައިވެރިވުމަކީ، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އިންޝުއަރަންސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދެމުންގެންދާ އަހައްމިއްޔަތު ހާމަވެގެންދާ ކަމެއް ކަމަށެވެ.




ގުޅުންހުރި
އެލައިޑްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެލައިޑުން އެސްއެމްއީތަކަށް ހާއްސަ ”ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް“ ޕެކޭޖުތަކެއް
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
”އެލައިޑް ފެސްޓް“ ސީރީޒްގެ މާލޭ އެޑިޝަން މިއަދާއި މާދަމާ އާޓިފިޝަލް ބީޗްގައި
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ