ތިމަރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާގެ އެކްސް އެކައުންޓުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުގެ އިންޒާރު ދީފިއެވެ.
މަސްވެރިންނަށް ދޭން ހުރި ފައިސާ އެމްޑީޕީގެ ކެމްޕޭނަށް ހަރަދުކުރި ކަމަށްބުނެ ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓަކާއެކު އެކްސްގައި މަރުގެ އިންޒާރުދެމުން މުސްތަފާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައްޔިތުންގެ ފައިސާ ކެއުމަކީ ބަނޑަށް އަލިފާން އެޅުން ފަދަ ކަމެއް ކަމަށެވެ.
މުސްތަފާ ކަހަލަ މީހަކު ގައުމުގެ ވެރިކަމަށް ނައުމަކީ ރައީސް ސޯލިހަށް ލިބުނު ނަސީބެއް ކަމަށް ވެސް މުސްތަފާގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މުސްތަފާގެ އެ ޕޯސްޓާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަދައްކަމުންގެންދާ އިރު، އެ މައްސަލައިގައި ފުލުހުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން އެމްޑީޕީގައި އިސް މަސައްކަތްތަކެއް ކުރައްވާފައިވާ މުސްތަފާ ގެންދަވަނީ ރައީސް ސޯލިހުގެ ސަރުކާރުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.



