އެމެރިކާގެ ޓައިމް މެގަޒިނުން ނެރުނު މިއަހަރުގެ ސިއްހީ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިއްޖެއެވެ.
މިއީ ރާއްޖޭގެ ރައީސަކަށް ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޓައިމް އިން މިއަދު އާންމުކުރި މިއަހަރުގެ ސިއްހަތުގެ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒުގެ ނަން ހިމަނާފައިވަނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްހަތަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށެވެ.
ރައީސް މުއިއްޒު ސިއްހަތާ ގުޅޭގޮތުން ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކެވެ. އެގޮތުން ދުންފަތުގެ ގާނޫނަށް އިސްލާހު ގެނެސް، ވޭޕް އެތެރެކުރުމާއި ބޭނުންކުރުން އަދި ދުންފަތުގެ ޖެނެރޭޝަން ބޭން ކަނޑައެޅުން ފާހަގަކޮށްލެވެއެވެ.
އެ ފިޔަވަޅުތަކާ ގުޅިގެން ރައީސަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ އެވޯޑެއް އަރުވައިފައެވެ.



