ރޯދަމަހު ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށްލައި, ތިމާ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ދީނުގައި އޮތް ގޮތެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުހަބާ!“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ރަމަޟާން މަހުގެ ބަރަކާތާއި ދަރުމައިގެ ބޮޑުކަމުންނާއި އަޅުކަމާއި ހެޔޮ އަމަލުތަކަށް ހުރި ފުރުސަތުގެ ގިނަކަމުން އަހަރެމެންގެ ސޯލިހު ސަލަފުން, އެ މަހަށް އިސްތިގުބާލުކުރައްވައި, އެ ބޭކަލުންގެ ހަޔާތުގައި ރަމަޟާން މަސް ތަކުރާރުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ރޯދައަށް ފުރިހަމައަށް އިސްތިގުބާލު ކުރުމަށްޓަކައި ރޯދައަކީ ކޮބައިކަމާއި ރޯދައާ ބެހޭ އާންމު ހުކުމްތައް އެނގުން މުސްލިމުންނަށް ލާޒިމު ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ, ރަމަޟާންމަހަކީ އީމާންކަމާއި ތަގުވާވެރިކަމާއި މަތިވެރި އަހުލާގާއި ތަރުބިޔަތުގެ މަސް ކަމަށާއި އެއީ ކެތްތެރިކަމާއި އޯގާވެރިކަމުގެ މަސް ކަމަށެވެ. އަދި ރޯދައަކީ، އިހުލާސްތެރިކަމާއި އަމާނާތްތެރިކަން ދަސްކޮށްދޭ އަޅުކަމެއް ކަމަށާއި ރޯދަވެރިޔާގެ ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, ދެއްކުންތެރިކަމެއްނެތި، އިހުލާސްތެރިވެ ހުރެ، ހިފާ ރޯދައަކީ ހުރިހައި މާނައެއްގައި ތަގުވާވެރިކަމާއި އިހުސާންތެރިކަން އެކުލެވިގެންވާ އަޅުކަމެއް ކަމަށާއި އެހެނިހެން އަޅުކަންތަކާ އަޅައި ބަލާ އިރު، ރޯދައިގެ ސަވާބު އެހައި ބޮޑީ އެހެންވެ ކަމަށެވެ.
ހުތުބާގައި ބުނީ, ޝަރުއީ އުޒުރެއްނެތި ރޯދަމަހު ގަސްތުގައި ރޯދައެއް ދޫކޮށްފި މީހާ އެ ކުރީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެ މީހަކަށް އޮތީ އެ ކަމުން ތައުބާވުމާ އެކު އެ ރޯދަ ގަޟާކުރުން ކަމަށެވެ.




ގުޅުންހުރި
ވެރިކަމުގެ ބާރުން މަޖިލިސް ހޯދަން އެންމެ ރަގަޅުގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން:
ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
ގްރޫމްކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި